މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަން ކަން ހޮވުމަށް ބޭއްވި އިންތިޚާބު ރައީސް މުޙައްމަދު ނަޝީދު ބޮޑުތަނުން ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ގުނި ވޯޓުން 60 ޕަސަންޓް ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ. މީކާއީލްގެ ދާއިގެ ފޮށިވެސް ހޯއްދެވީ ރައީސް ނަޝީދެވެ. ހުޅުމާލެ ވެސް ބޮޑުތަނުން ހޯއްދެވީ އެމަނިކުފާނެވެ.
ބާކީ ނުގުނާ ހުރި ފޮށިތަކުން ވެސް މީކާއީލަށް ރައީސް ނަޝީދު އަތެއް ނުވާނެއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 9:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބިގެންވެއެވެ. މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ފޮށި ހިމެނެއެވެ.

