ޚަބަރު
ހަބަރު

ނާޒިމްގެ ފިޔަ ކޮށާލައި ކޮށިން ވެސް ބޭރުކޮށްފި

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 1.7k
ޝެއާ ކުރޭ:
ނާޒިމްގެ ފިޔަ ކޮށާލައި ކޮށިން ވެސް ބޭރުކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގައި މައްސަލަތައް ގޯސްވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމަށް ކުރާ އިތުބާރު މުޅިން ގެއްލި، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން އެމަނިކުފާނު މިއަދު ބޭރުކޮށްފިއެވެ.

މި ގްރޫޕްގެ އެޑްމިން އަކީ ރައީސް ޑރ. މުޢިއްޒެވެ.

މަޖިލީހުގެ  މެންބަރުންގެ 80 ޕަސަންޓް ވޯޓާއި އެކު އެތަނުގެ ނައިބު ރައީސް ކަމުގެ މަގާމަށް ނާޒިމް އިންތިޚާބުކުރީ 2024 މޭ 28 ގައެވެ. ނާޒިމާއި ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. 

ނާޒިމާއި މެދު ޕީއެންސީގެ ގިނަ މެންބަރުންގެ މެދުގައި އިތުބާރު ގެއްލިފައި ވާއިރު، މަޖިލީހުގައި މީގެ ކުރިން އިންނެވި މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވެސް މިފަހުން ވަނީ އޭނާ ބަދަލުކޮށްފައެވެ. ނާޒިމް މިހާރު އިންނަވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގައެވެ.  

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވެސް އެމަނިކުފާނު ދުރުކުރުމުގެ މަސައްކަތްތަކެއް ޕީއެންސީގެ އެތެރެއިން މިހާރު ކުރިޔަށްދާ ކަމުގެ އަޑުތަކެއްވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ނާޒިމް ވަކިކުރުމަށް މަގުތައް ކޮށަމުން ދާއިރު، ޕާޓީން ނެރޭ ވިޕްލައިނާއި ހިލާފުވާ މެންބަރުންނާއި މެދު ކުރިއަށް އޮތް ތަނުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ގްރޫޕުން ވަނީ ނިންމާފައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން