ޚަބަރު
ރިޕޯޓް/ކޮލަމް

ތިޖޫރީގައި އޮތް ނޯޓް!

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 2.3k
ޝެއާ ކުރޭ:
ތިޖޫރީގައި އޮތް ނޯޓް!

އިންތިޚާބު ނިމުނު އިރު ތިޖޫރީގައި ހުރި ފައިސާ ތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ތިޖޫރިން ފެންނަނީ ނޯޓެކެވެ… ފައިސާ އެއް ނެތެވެ.

ނޯޓް: މިއީ ކަރުދާސް ވޯޓަކީ ބައިތުލްމާލުން ވައްކަން ކުރުމަށް ސިޔާސީން ބޭނުންކުރާ ޓޫލް އެއް ކަމަށް ބުނެ މީހަކު ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ރިޕޯޓް: ތިޖޫރީގައި އޮތް ނޯޓް!

ކަރުދާސް ވޯޓު ބޭނުން ކުރަނީ ސިޔާސީންނަށް ފަސޭހައިން ތިޖޫރީން ވައްކަން ކުރެވޭނެތީވެ!

“އިންތިޚާބު ނިމުނު އިރު ތިޖޫރީގައި ހުރި ފައިސާ ތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ތިޖޫރިން ފެންނަނީ ނޯޓެކެވެ… ފައިސާ އެއް ނެތެވެ. އާނ އެކެވެ. ފަހަރެއްގައިވެސް ޓެކްނޮލޮޖީ އަށް އަހުލުވެރި ނުވާތީ އެއް ނޫނެވެ. މިއީ ނުފޫޒު ގަދަ ބަޔަކު، ދައުލަތުގެ ބަޖެޓުން ވައްކަންކުރަން ވެގެން ގަސްތުގައި ދަމަހައްޓަމުންދާ އުކުޅެކެވެ. ސީދާސީދަލަށް ބުނާ ނަމަ ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓު ނުލަނީ އިންތިހާބުތަކުން ވައްކަން ކުރުމަށެވެ. 100 މިލިއަން ނަގަން ޖެހުނަސް އޯކޭއެވެ. ޖީބަށް “ކަހާލަން” ހަމަ ތައްޔާރެވެ. މި އަހަރުގެ މާޗު މަހު ގދ.ތިނަދޫގައި ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބަކަށް ބަޖެޓުން 100 މިލިއަން ރުފިޔާ ނެގިޔަސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި އެއީ 5 އަހަރަކުން 1 ފަހަރު ނަގާ 100 މިލިއަން ވީމާ އޯކޭ ކަމަށެވެ.

“އެ އަޑު އަހަން ތިބި ރައްޔިތުންނަށް އެމަނިކުފާނު އެ ވިދާޅުވީ، ކަލޭމެން ބަހައްޓާފައިވާ ފައިސާގެ ތެރެއިން ތިމަންނާމެން 100 މިލިއަން ރުފިޔާ ކާލާނެ ވާހަކަ ނޫންތޯ. ފަސްއަހަރުގެ ތެރެއިން އެންމެ ފަހަރަކު 100 މިލިއަން ރުފިޔާ ނެގިޔަސް އޯކޭ އޭ، ކަލޭމެން އެއްބަސްވާށޭ ކިޔައި ހުއްދަ ހޯދީ ނޫންތޯ…

IMG 4589

ކަރުދާސް ވޯޓުގެ ބަޖެޓަކީ ވައްކަން ކުރުމުގެ ދޮރެއް

ދައުލަތުގެ ބަޖެޓުގައި ހުންނަނީ އިލެކްޝަން ކޮމިޝަނުގެ ފައިސާއެއް ނުވަތަ ވޯޓު ކަރުދާސް ޗާޕުކޮށްދޭ ކުންފުނީގެ ފައިސާއެއް ނޫނެވެ. ހަމަ އެހެންމެ ކަރުދާސް އެތެރެކުރާ ބުކްޝޮޕަށް ދޭން ބަހައްޓާފައިވާ ފައިސާ އެއް ވެސް ނޫނެވެ. ނުވަތަ އެ ކަރުދާހުގައި ޕްރިންޓް ކުރުމަށް ބޭނުންވާ ދެލި ގެންނަ ކުންފުންޏަށް ދޭން ބަހައްޓާފައިވާ ފައިސާ އެއް ވެސް ނޫނެވެ. ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވައިދޭ ކުންފުންޏަށް ދޭން ބަހައްޓާފައިވާ ފައިސާ އެއް ވެސް ނޫނެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ވޯޓު ކަރުދާހުގެ ކަންކަމަށް ހޭދަކުރެއެވެ.

މިއީ ހަގީގަތުގައި ރައްޔިތުންގެ ފައިސާއިން ހިންގާ ބޮޑު އިސްރާފަކާއި ވައްކަމެކެވެ.

ޗާޕުކުރުމުގެ ނަމުގައި ބޮޑެތި ވައްކަން:

ސަލާމަތީ ފިޔަވަޅުތަކާއި އެކު ވޯޓުކަރުދާސް ޗާޕުކުރުމަށޭ ކިޔައި އޭރުގެ ސަރުކާރުގެ ކޮންމެވެސް ނުފޫޒު ގަދަ މީހަކު އޭނާގެ ގާތް ބަޔަކާއި އެކު ސިއްރު ކޮންޓްރެކްޓްތައް ދީގެން ބަޖެޓުން ބޮޑެތި އަދަދުތައް އަމިއްލަ ކުންފުނިތަކަށް ބަހާލަނީއެވެ.

ފޮށިތައް ތަންތަނަށް އުފުލުމުގެ ނަމުގައި ވައްކަން:

IMG 4590

އިންތިޚާބެއް އައުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ލޯންޗުފަހަރު ތަކުގައާއި އެއާޓެކްސީގަޔާއި ފުލައިޓުތަކުގައި ވޯޓުފޮށިތަކާއި ކަރުދާސް އެބަ ފޮނުވައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށާއި ހުރިހާ ރިސޯޓުތަކަށެވެ. އެތަނެއްގައި “ދެތިންމީހުން ތިއްބަސް ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީ ތޯއްޗެވެ. ލައްކައިންލައްކައިން ފައިސާތައް ތިޖޫރިން ކަހަލަނެ ފުރުސަތު ހޯދަނީތާއެވެ. މިއީ އެމީހުންނަށް ވައްކަން ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ވޯޓު ފޮށިތަކާއި ކަރުދާސްތައް ފޮނުވުމަށާއި، ފޮށި ކައިރީގައި ތިބޭ އޮފިޝަލުން ފޮނުވުމުގެ ނަމުގައެވެ. މިގޮތަށް ކުރޚަހަރަދަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ދަތުރުތަކެކެވެ. މިއީ ޔަޤީން ކަށަވަރު އަދި މުޖައްރިބު ކަމެކެވެ. ސިޔާސީން ތިބެގެން މި ވައްކަން ކުރާތާ އެތައް ޒަމާނެކެވެ.

އިންތިޚާބު ނިމުމާއި އެކު އެތައް މިލިއަން ރުފިޔާއެއްގެ ކަރުދާހާއި މެޓީރިއަލްސް ތައް ބޭނުންނުކުރެވޭ ގޮތަށް އުކާލަން ޖެހެއެވެ. ދެން ވެސް އަނެއް އިންތިޚާބުގައި އަލުންބަލުން ތަކެތި ގަންނަނީއެވެ.

އީ-ވޯޓިންގް އިން ވައްކަން ހުއްޓުވޭނެ ގޮތް

އިލެކްޓްރޯނިކް ވޯޓިންގް ނިޒާމެއް ގެނެސްފިނަމަ، ކޮންމެ އިންތިޚާބަކަށް ބަޖެޓުން ކުރާ މިލިއަނުން ޚަރަދުތައް އެއްކޮށް ހުއްޓޭނެއެވެ.

ޑިޖިޓަލް ނިޒާމެއްގެ ސަބަބުން ވޯޓު ކަރުދާސް ހަލާކުކުރުމާއި، ފޮށިތަކަށް އިތުރު ކަރުދާސް އެޅުމުގެ ފުރުޞަތު ވެސް ބަންދުވެއެވެ. ވޯޓު ގުނުމުގެ މަޙަހަލާގައި އޮފިޝަލުންނަށް ނުފޫޒު ފޯރުވައިގެން ނަތީޖާ ބަދަލެއް ވެސް ނުކުރެވޭނެއެވެ. އެއްފަހަރު ކުރާ އިންވެސްޓްމަންޓަކުން އެތައް އަހަރެއްގެ އިންތިޚާބުތަކަށް ކުރާ ޚަރަދު ވަރަށް ކުޑަކޮށް ނިންމާލެވޭނެއެވެ.

ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިންގް ތަޢާރަފު ނުކޮށް ލަސްކުރަނީ، ކަރުދާސް ވޯޓުގެ ނިޒާމުގެ ތެރެއިން ބަޖެޓުން ފައިސާ ނަގައިގެން ވައްކަން ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް ގެއްލިގެންދާނެތީއެވެ”.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން